ޑރ.ޙަސަން ސަޢީދު

ދިވެހި ވިޔަފާރިވެރިންނަށް ލިބެން ހުރި ފުރުޞަތު ތަކުން މަޙްރޫމު ކުރުވުން
ވަރަށް ހަލުވިކޮށް މާލޭގައި ކުރިއަށްދާ އެއް މަޝްރޫޢަކީ އިންޑިޔާގެ ޓާޓާ ކުންފުނިން އަޅާ 350 ފްލެޓްގެ މަޝްރޫޢެވެ. މިފްލެޓްތައް އެޅުމަށް ޓާޓާކުންފުންޏަށް ބިންދީފައިވަނީ ހިލޭއެވެ. ރާއްޖެއެތެރެކުރާ އެއްޗެއްސައް އިމްޕޯޓު ޑިއުޓީ ދައްކާކަށެއް ނުޖެހެއެވެ. ބޭރުގެ މަސައްކަތްތެރިންނަށް ދައްކަންޖެހޭ ފީތައް ވަނީ މާފްކޮށްފައެވެ. ތިލަފުށިންނާއި މާލެއިން މަސައްކަތަށް ބޭނުންވާވަރަށް ތަކެތި ގުދަންކުރުމަށާއި ބެހެއްޓުމަށް އިތުރު ބިންތައް ދިނެވެ.

ޢިމާރާތްކޮށް ނިމުމާއެކު 80 ޕަސެންޓު ފްލެޓް ދެފަރާތް އެއްބަސްވެފައިވާ އަގުގައި ސަރުކާރުން ގަންނާނެކަމުގެ ގެރަންޓީވަނީ ދީފައެވެ. ބާކީ ފްލެޓުތައް ޓާޓާ ކުންފުނިން ބޭނުން އަގެއްގައި ވިއްކުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވެއެވެ. މުޅި މަޝްރޫޢަށް ފައިނޭންސް ކުރަނީ ދިވެހި ސަރުކާރުގެ “ގަރަންޓީ” އަށް ބަރޯސާކޮށްގެން ރާއްޖޭގައި ޤާއިމުކުރެވިފައިވާ ބޭންކަކުންނެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާމަތިން ޓާޓާ ކުންފުންޏަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަން ބޮޑެތި ބިންތަކާއި ރަށްތައް ވަނީ ކަނޑައެޅިފައެވެ.

މިހުރިހާ ޢިނާޔަތްތަކާއެކު ޢާންމުންނަށް އަމާޒުކޮށްގެން ވިއްކާ ކުޑަކުޑަ 3 ކޮޓަރީގެ ފްލެޓެއްގެ އަގެއްކަމަށްވަނީ 1.2 މިލިޔަން ދިވެހި ރުފިޔާއެވެ. މި އަގު އިޢުލާންކުރީ ޑޮލަރުގެ އަގަށް ސަރުކާރުން ބަދަލު ގެނައުމުގެ ކުރީގައެވެ. މިއީ ބިދޭސި ކުންފުންޏަކަށް ދިވެހި ސަރުކާރުން ދިން ރަނުގެ ފުރުޞަތެކެވެ. މިއީ ދިވެހި ކުންފުނިތަކަށް ނުހިންގޭ ފަދަ ބޮޑު މަޝްރޫޢެއް ނޫނެވެ. މިސާލެއް ދަންނަވާލާނަމެވެ.

މި އޮކްޓޫބަރު މަހުގެ 15 ހިސާބުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރެވޭ ލަގްޒަރީ އެޕާޓްމަންޓު ގަންނަފަރާތްތަކާއި ޙަވާލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެތަންތަން ތަރައްޤީކުރެވިފައިވަނީ ހުޅުމާލޭގައެވެ. ތަރައްޤީކުރީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުންނެވެ. 31 މިލިޔަން ރުފިޔާއަށް ބިން ގަނެގެންނެވެ. ސަރުކާރަށް ދައްކަންޖެހޭ %15 ޓެކްސް ވެސް ދެއްކިއެވެ. ޢިމާރާތްކުރުމަށް ބޭނުންކުރި ތަކެއްޗަކީ ޑިއުޓީ ދައްކާއިގެން ރާއްޖެއަށް އެތެރެކުރި ތަކެއްޗެވެ. މަސައްކަތުގައި ބިދޭސިއަކު ބޭނުންކުރިނަމަ ވޯކްޕަރމިޓާއި ވިޒާފީ ފަދަ ހުރިހާ ފީއެއްވެސް ވާނީ ދައްކާފައެވެ. ސަރުކާރުން ދިން އެއްވެސް ޢިނާޔަތެއް ނުވަތަ ދިން ގެރެންޓީއެއް ނެތެވެ. ތަނުގައި ސިކިއުރިޓީ ނިޒާމާއި، ސްވިމިންގ ޕޫލާއި، ޖިމްނޭޒިއަމާއި، ކާރޕާކް ވެސް ވަނީ ޤާއިމުކުރެވިފައެވެ. ހުރިހާ ކޮޓަރިއެއްގައިވެސް އެއަރކޮންޑިޝަނާއި، ހޫނު ފެނާއި އަލަމާރިވަނީ ހަރުކުރެވިފައެވެ. ޒަމާނީ ބަދިގެއެއްވެސް ވަނީ ޤާއިމުކުރެވިފައެވެ. މިހާބޮޑު ހޭދައާއެކު ތަރައްޤީކޮށް އަދި މިހުރިހާ ވަޞީލަތްތަކާއެކު 1760 އަކަފޫޓުގެ 4 ކޮޓަރީގެ އެޕާޓްމެންޓެއް (މޫދުކުރިމަތީގައި ) ވިއްކާ އަގަކީ 3 މިލިޔަން ދިވެހި ރުފިޔާއެވެ.

އެހެންވެއްޖެ ނަމަ ޓާޓާ ކުންފުނިޏަށް ދިން ފުރުޞަތާއި ޢިނާޔަތްތަކާއި ގެރެންޓީ މި ދިވެހި ކުންފުންޏަށް ނުވަތަ މިފަދަ އެހެން ދިވެހި ކުންފުންޏަކަށް ނުދޭންވި އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ. އަމުދުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އިނދަޖެހުމުންދާ މި ދަނޑިވަޅުގައި ދިވެހި ކުންފުންޏަކަށް ނުވަތަ ދިވެހި ގިނަ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމަކަށް މި ފަދަ މަޝްރޫޢެއް ދިނުމުން ޤައުމަށާއި ރައްޔިތުންނަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ.

ދުނިޔޭގެ ސަރުކާރުތަކުން ކެނޑިނޭޅި އެ ޤައުމުތަކުގެ ކުންފުނިތަކަށާއި ފަރުދުންނަށް ފުރުޞަތު ތަނަވަސްކޮށް ދެމުންދާއިރު އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެންގެ ދިވެހިންނާއި ދިވެހިކުންފުނިތައް އެކަހެރިކޮށް ބަނގުރޫޓުކުރުވާ ސަބަބު އަޅުގަނޑަށް ނުވިސްނެއެވެ. އަދި އެއީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް އަޅުގަނޑަށް ޤަބޫލުވެސް ނުކުރެވެއެވެ.

ޤާނޫނީ އިމުން ބޭރުން ރައްޔިތުންގެ އަތުން ޓެކްސް ނެގުން
މިދިޔަ މަހުގެ ފަހުކޮޅު އަޅުގަނޑުގެ ތިމާގެ މީހަކު އިންޑިޔާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަކަށް ދަތުރެއް ކުރިއެވެ. ދަތުރުކުރީ އައިލެންޑް އެވިއޭޝަނުންނެވެ. ދެކޮޅު ޓިކެޓުގެ އަގަކީ ޖުމްލަ 1757.88 ދިވެހި ރުފިޔާއެވެ. ޓެކްސް އާއި ޗާޖްގެ ގޮތުގައި 2،213.70 ލާރި ނެގިއެވެ.މީގެ ތެރެއިން އިންޑިޔާގެ އެއާރޕޯޓުގެ ޓެކްސްގެ ގޮތުގައި ހިމެނެނީ އެންމެ 92.52 ދިވެހި ރުފިޔާއެވެ. މި ޓިކެޓު ނެގީ ބިދޭސިއަކު ނަމަ 92.52 ދިވެހި ރުފިޔާގެ ޓެކްހެއް ދައްކަންޖެހޭނެއެވެ. އަދި ސަރުކާރާއި ޖީ.އެމް.އާރު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު 416.34 ރުފިޔާގެ އަންނަ ޖެނުއަރީން ނަގަން ފަށާނެވާހަކަ ވަނީ އިޢުލާންކޮށްފައެވެ.

އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ފުރަތަމަ ނުކުތާއަކީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ އަތުން އެއްވެސް ބާވަތެއްގެ ޓެކްހެއް ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ. ދޭ ޚިދްމަތަކާއި ގުޅިގެން ފީއެއް ނަގާނަމަ އެފަދަ ފީއެއްވެސް ނަގަންޖެހޭނީވެސް ޤާނޫނާއި ގަވާޢިދުން ޖާގަލިބިގެންކަމަށް އަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނެއެވެ.

އެހެންނަމަވެސް “ސިކިއުރިޓީ ޓެކްސް” ގެ ނަމުގައި 1225.66 ރުފިޔާއާއި، ޔޫޒާ ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 199.84 ރުފިޔާއާއި، އިންޝޯރެންސްގެ ގޮތުގައި 40.10 ރުފިޔާއާއި، އަދި ސަރުކާރާއި ޖީ.އެމް.އާރު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގަންފަށާ 416.34 ރުފިޔާއަކީ ޤާނޫނީއިމުން ބޭރުން ޤާނޫނުއަސާސީ އާއި ޚިލާފަށް ނަގާފައިސާއެވެ.

ޤާނޫނުއަސާސީ އާއި ޚިލާފަށް ރައްޔިތުންނަށް މިހާބޮޑެތި ބުރަ ސަރުކާރުން އުފަލަން މަޖްބޫރުކުރުވާއިރު ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ޤާނޫނުއަސާސީ ދެމެހެއްޓުމަށާއި ރައްޔިތުގެ ޙައްޤު ޙިމާޔަތް ކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވާއިގެން ތިއްބެވި 77 މެންބަރުން ކޮބާއިތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ދެވަނައަށް އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ނުކުތާއަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ %75 ޙިއްޞާކުރަނީ ފަތުރުވެރިކަމަށް ވާއިރު މިހާބޮޑެތި ޢަދަދުގެ ފައިސާ ރާއްޖެއިން ފުރާ ފަރާތްތަކުން ނަގައިގެން ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ވާދަކުރަންޖެހޭ ޤައުމުތަކާއި ވާދަނުކުރެވޭނެކަމެވެ. މިހާރުވެސް އެއާރލައިން ތަކުންނާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ އެއާރޕޯޓުގެ ތެލާއި، ގްރައުންޑް ހެންޑްލިންގެ އަގުބޮޑުވާހަކައެވެ.

މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިނާރެވެ. އެހެންކަމުން އެ އާރޕޯޓުން ވާންޖެހޭނީ ސިއްސާއިގެންދާހާ ބޮޑެތި ފައިސާ ނަގާތަނަކަށް ވުރެން ހަށިގަނޑަށާއި ޖީބަށް ވީހާވެސް ލުއިގޮތަކަށް ރާއްޖޭގެ އެކިއެކި ރިސޯޓުތަކާއި ސިޓީހޮޓަލާއި ގެސްޓުހައުސް ފަދަ ތަންތަނަށް ވާޞިލުވެވޭ ތަނަކަށެވެ.

ތިންވަނައަށް އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ނުކުތާއަކީ ދިވެހިންގެ ވަރަށް ގިނަބަޔަކު ނިކަމެތި ޙާލުގައި ސަލާންޖަހާއިންގެ އަވަށްޓެރި ޤައުމުތަކަށް ބޭސްފަރުވާއަށްދާއިރު ޓިކެޓުގެ އަގަށްވުރެން ބޮޑު ޢަދަދެއްގެ ފައިސާ އެކިއެކި ނަންނަމުގައި ނެގުމަކީ އިންޞާފުކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު މިފެންނަނީ ޤާނޫނާއި އެއްގޮތަށް ވެރިކަން ކުރެއްވުމުގެ ބަދަލުގައި ކުރަންބޭނުންވާ ކަންތައްތަކަށް ފަހިވާގޮތަށް ޤާނޫނު ފުރޮޅާލާމަންޒަރު
މިއަހަރުގެ ޖުލައި މަހުގައި ކުރީގެ ރައީސް މައުމޫނުގެ ގެކޮޅު ކަމުގައިވާ މއ.ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން މާލޭގެ ސިޓީ ކައުންސިލުން ނިންމިއެވެ. ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް ކަމެއް އެތަނުގައި ކުރުމުގު ނަމުގައެވެ. ކުރާނީ ކޮންކަމެއް ކަމެއް ނުބުނެއެވެ. އަދި ކުރާނެ ކަމެއް އެއިރު އެބޭފުޅުންނަށް އެނގިވަޑައިގެން ހެންވެސް ހިޔެއްނުވެއެވެ.

ރޭގައި އައްޑުއަތޮޅުން ބޭފުޅަކު އަޅުގަނޑަށް ގުޅުއްވިއެވެ. ވިދާޅުވީ ސާކްސަމިޓު ބާއްވަން އަޅާ ދަރުބާރުގެއާއި ކާރީގައި ހުރި މީހެއްގެ ޢިމާރާތެއް ސިޓީކައުންސިލުން ތަޅާލިވާހަކައެވެ. ސަމިޓުގެ ބޭނުމަށެވެ. ޝަރުޢީ ކޯޓުގެ ނިންމުން ލަސްވާތީ ކޯޓުގެ ޙުކުމެއް ނެތިއެވެ.

މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ. މިއަދު އެއީ މީހެއްގެ ގޯއްޗާއި ޢިމާރާތެވެ. މާދަމާ ރިސޯޓާއި އެހެންނިހެން ތަންތަނެވެ.

މުދަލުގެ ރައްކާތެރިކަމަކީ ޤާނޫނީ ގޮތުންނާއި ދުސްތޫރީ ގޮތުންނާއި އަދި ޝަރުޢީ ގޮތުން އެންމެ ބޮޑަށް ޙިމާޔަތްކުރެވިގެންވާ އެއް ޙައްޤެވެ. މުދަލުގެ ދިފާޢުގައި މަރުވެގެންދާ މީހާއަށް ޝަހީދުންގެ ދަރަޖަ ލިބިދެވެއެވެ.

ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ގެދޮރަކީ ޙިމާޔަތްކުރެވިގެންވާ ތަންތަނެވެ. މި ޙައްޤަށް ހަމަ ކޮންމެ މީހަކުމެވެސް ޢަމަލުކުރުން ލާޒިމުވެގެންވެއެވެ.

ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ ޢާންމު މަންފާއަކަށްޓަކައި އެކަންޏެވެ. އެގޮތުންވެސް މީހެއްގެ މުދަލެއް ނެގޭނީ ޝަރުޢީ ކޯޓުން ކުރާ ޙުކުމަކުންނެވެ. އަދި ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލު އެފަރާތަކަށް ދިނުމަށް ފަހުގައެވެ. މި މަރްޙަލާތައް ކަޑައްތު ނުކޮށް މީހެއްގެ މުދަލެއް ނިގުޅައިގަތުން ނުވަތަ ގެއްލުންދިނުން އެއީ ޖިނާއީ ކުށެކެވެ. ބަލާ ތަޙްޤީޤުކޮށް ދަޢުވާކުރެވޭނޭ ކަމެކެވެ. އަދި ގެއްލުން ލިބުނު ފަރާތަށް ބަދަލުވެސް ލިބިދެވޭނެއެވެ.

މީހެއްގެ މުދަލެއް ދައުލަތަށް ނަގަން ބޭނުންނަމަ ދައުލަތުން ޖެހޭނީ އެ މައްސަލައެއް ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅާށެވެ. އެ މުދަލެއް ދައުލަތަށް ނަގަނީ ޢާންމު މަންފާއަކަށް ކަން ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ މއ.ކިނބިގަސްދޮށުގޭގައި ޕާކިންގ ޒޯނެއް ނުވަތަ ސާކްސަމިޓް ބޭއްވުމަށް ސ.ހިތަދޫގައި ދަރުބާރުގެއެއް އަޅެމަކީ ޢާންމުންގެ މަންފާ އެކަމުގައި އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެގޮތަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެމުދާ ދައުލަތަށް ނެގުމަކަށް ކޯޓަކުން ހުއްދަނުދެވޭނެއެވެ.

ދައުލަތުން މީހެއްގެ މުދާ ނަގަނީ ޢާންމުންގެ މަންފާއަކަށްކަން ޝަރުޢީ ކޯޓުގައި ސާބިތުކޮށް ދިނުމުން އެކަނި ނުފުދެއެވެ. އިތުރު މަރްޙަލާއަކަށް ދާންޖެހެއެވެ. އެއީ ޢާންމުންގެ މަންފާއަކަށްޓަކާވެސް ކޮންމެހެން އެ މުދަލެއް ނަގަންޖެހޭތޯއެވެ؟ އެ މުދާ ކޮންމެހެން ނަގަންޖެހޭކަމަށް ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށް ނުދެވިއްޖެނަމަ އެ މުދަލެއް ނަގާކަށެއް ކޯޓަކުން ހުއްދައެއް ނުދެވޭނެއެވެ.

އަދި ހަމަ އެހެންމެ އެ މުދަލެއް މުޅިން ދައުލަތަށް ނަގަންޖެހޭކަންވެސް ދައުލަތުން ޝަރުޢީ ކޯޓުގައި ސާބިތުކޮށްދޭންޖެހޭނެއެވެ. އެހެން ނޫންނަމަ ކޯޓުން ނަގާދޭންވާނީ ޢާންމުންގެ މަންފާއަށްޓަކައި ބޭނުންވާނޭ މިންވަރަށް އެކަންޏެވެ.

މަތީގައި ބަޔާންވެފައި އެވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭގޮތެވެ.

އެގޮތް ފިޔަވާ ކިތަންމެ އަވަސްވެގެން ނަމަވެސް އަދި ޝަރުޢީ ކޯޓުން މައްސަލަ ނިމުން ލަސްވިކަމުގައި ވިއަސް ނުވަތަ ޝަރީޢަތަކުން ކަނޑައަޅާފާނެ ކޮންމެ ބަދަލެއް ދިނުމުގެ މާލީ ޤާބިލުކަން  ދައުލަތަށް ލިބިގެންވިއަސް މަތީގައި ބަޔާންކުރެވުނު އުޞޫލާއި ޚިލާފަށް މީހެއްގެ މުދަލަކަށް އަރައިގަތުމަކީ ނުވަތަ ނެގުމަކީ ނުވަތަ ހަލާކުރުމަކީ ޖިނާއީ ބޮޑުކުށެވެ. ބަލާ ތަޙްޤީޤުކޮށް ދަޢުވާކޮށް އަދަބު ކަނޑައެޅޭނެ ކުށެކެވެ.

އަޅުގަނޑު ބަންޑާރަ ނާއިބުގެ ވަޒީފާ އަދާކުރިއިރު ވަޒީރުންގެ މަޖިލީހުގައިވެސް އަދި އެކިއެކި ކޮމިޓީތަކުގައިވެސް ކަންކަން ނިންމުމުގެ ކުރިން އެކަމުގައި ޤާނޫނީގޮތުން އޮންނަގޮތް ބެލުމަށް ރައީސް މައުމޫން އަބަދުވެސް ދަންނަވައެވެ. އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުންވެސް އެ އުޞޫލު ގެންގުޅުއްވިއެވެ. ސިންގަޕޫރު ފަދަ ޤައުމުތަކާއި ޚިލާފަށް ބަންޑަރަނާއިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ޚާއްޞަމަޖިލީހުގައާއި އަދި އެނޫންވެސް ތަންތާގައި ވަކާލާތުކުރީ ސަރުކާރުން ޤާނޫނީ އިމުން ބޭރުން ކަންކަން ކުރުން ހުއްޓުވުމަށެވެ.

އެހެންނަމަވެސް މިހާރު އަޅުގަނޑުމެނަށް އަބަދުމެ ފެންނަނީ ސަރުކާރުން އެހިނދުން އެހިނދަށް ބޭނުންވާ ކަމެއް ކޮށްލާ މަންޒަރެވެ. އެކަމުގައި ޤާނޫނީގޮތުން އޮންނަގޮތް ބަލަނީ ފަހުންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޤާނޫނާއި އެއްގޮތަށް ވެރިކަން ކުރެއްވުމުގެ ބަދަލުގައި ކަންކަން ކުރާ ގޮތަށް ޤާނޫނު ފުރޮޅާލަނީއެވެ.

ދިވެހިންނަށް ހައްތާވެސް ނިކަމެތިގޮތްތައް
ޖީ.އެމް.އާރުން މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރާއި ޙަވާލުވިއިރު ޖީއެމްއާރުންނާއި ޚޮދު ދިވެހި ސަރުކާރުން ދައްކަމުންގެންދިޔަ ވާހަކައިން ހީވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ އެއާރޕޯޓެއް ދިވެހިންނަށް ލިބިގެންދާނެކަމަށެވެ. އަދި ސިންގަޕޯރު އެއާރޕޯޓުން ލިބޭފަދަ ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށެވެ. އޭގެ އިތުރުން ޖީއެމްއާރުން ބުނަމުންދިޔައީ އެކުންފުނިން އެއާރޕޯޓު ހިންގާނީ މުޅިންވެސް ދިވެހިން ބޭނުންކޮށްގެން ކަމަށާއި ޖީ.އެމް.އާރުގެ އިސްވެރިންގެ ޢަދަދު ފަސްވަރަކަށް މީހުންނަށް ވުރެން އިތުރު ނުވާނޭކަމަށް ބުނިބުނުމުގެ މަތިން މިހާރު މުޅިންހެން ހަނދާން ނެތިއްޖެއެވެ. މިއަދު އެއްކަލަ ފަސް މީހުންގެ ޢަދަދު 35 މީހުންނަށް ވެއްޖެއެވެ. އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ދިވެއްސަކަށް 8000 ވަރަކަށް ރުފިޔާ ދިނުމަށް ވުރެން މިއަދު 100 ވަރަކަށް ޑޮލަރު ދީގެން ގެންނަ ބިދޭސި މީހާ މާރަނގަޅެވެ.

އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ޑިއުޓީފްރީ ތަންތަން ހުސްކޮށް ޖީ.އެމް.އާރާއި ޙަވާލުކުރުމަށް ވަނީ އަންގާފައެވެ. އެފަރާތްތަކާއެކު ވެފައިވާ ކޮންޓްރެކްޓުގެ ދަށުން ޑިއުޓީފްރީ ޝޮޕްތައް އަލުން ބިޑްކުރާނަމަ 6 މަސްދުވަސް ކުރިން ނޯޓިސް ދޭންޖެހެވެ. ސަބަބަކީ ގެނެސްފައި ހުންނަ އަގުބޮޑު ސްޓޯކްތައް ހުސްކުރުމަށް ފުރުޞަތު ދިނުމެވެ. އެހެންނަމަވެސް 6 މަސްދުވަހުގެ ނޯޓިސް ދޭން ޖީ.އެމް.އާރަށް ނުފެންނާތީ އެކަން ނުކުރީއެވެ. މިތަންތަން ދިވެހިންގެ އަތުން ނެގުމަށް ފަހު އިންޓަރނޭޝަލް ބިޑިންއަށް ދިއުމުގެ ނަމުގައި ދުބާއީގަޔާއި އިންޑިޔާގައި ހުންނަ ޖީ.އެމް.އާރާއި ގުޅުންހުންނަ ކުންފުންނިތަކަށް މިހުރިހާ ތަންތަން އެވޯޑުކުރުން އެކަށީގެންވެއެވެ.

ފަހަރުގައި މިހުރިހާ ތަންތަން ސީދާ ޖީ.އެމް.އާރުންވެސް ހިންގުން އެކަށީގެންވެއެވެ. ރާއްޖޭގައި މިބާވަތުގެ ވިޔަފާރި އެކުންފުނިން ކުރުމަށް ބޭނުންވާ މަގުތައްދަނީ ސާފުކުރަމުންނެވެ. މިހާރުހުރި ޑިއުޓީ ފިހާރަތަކަށް ބޭރުން ތަކެތި ގެންނަ ތަންތަންވެސް ޖީ.އެމް.އާރުން ދަނީ ބާލާހޯދަމުންނެވެ. މިކަމުގައި ސަރުކާރުންވެސް ދަނީ އެހީތެރިވަމުންނެވެ. ސަރުކާރުން ކޮށްދެވޭނެ އެންމެ ބޮޑުއެހީއަކަށްވާނީ ފޮރިން އިންވެސްޓް ޤާނޫނު އުވާލުމެވެ. އެއިރުން ރާއްޖޭގައި ކޮންމެބާވަތެއްގެ ވިޔަފާރިއެއް ޖީ.އެމް.އާރާއި އެނޫންވެސް ބޭރުގެ ފަރާތަކަށް ކުރެވޭނެއެވެ. ޑިއުޓީފްރީ ފިހާރަތަކުގެ އިތުރުން ކަންމަތީ ފިހާރަތަކާއި ޓްރެވެލް އެޖެންސީތަކާއި އޮޑިދޯނިފަހަރުވެސް އެއިރުން ބޭރުގެ މީހުންނަށް ހިންގޭނެއެވެ.

ޖީ.އެމް.އާރުން ދިން ނޯޓިސްގެ ސަބަބުން ހުސްކުރަންޖެހޭ އެއް ޑިއުޓީފްރީ ޝޮޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި އުފެއްދުންތައް ގެނެސްގެން ވިއްކާ ފިހާރައެކެވެ. ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އުފެއްދުންތެރިކަމަށް އަނެއްކާވެސް އިތުރަށް ހީނަރުކަން ލިބިގެންދިއުމެވެ. ދިވެހިން ނިކަމެތިވެދަނީއެވެ. އެމީހުންގެ އުފެއްދުންތައް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުންވެރިންނަށް ފޯރުކޮށްދިނުމުގައި އަނެއްކާވެސް އިތުރު ގޮންޖެހުމެއް ކުރިމަތިވީއެވެ.

މިހުރިހާ ކަމަކަށް ޙައްލު ހޯދައިދިނުމަށްއެދި ދަންނަވަން އޮތީ ސަރުކާރުގައެވެ. އެހެންނަމަވެސް ސަރުކާރަކަށް އެކަން ކޮށެއް ނުދެވޭނެއެވެ. ސަބަބަކީ ޤާނޫނާއި ޚިލާފަށް ވަލުދޮރޯށިން ޖީ.އެމް.އާރު.ވެއްދީ ސަރުކާރުކަމަށްވާތީއެވެ. ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރު ނިސްބަތްވާ ކުންފުންޏަށް ދާދި އިހަކަށްދުވަހަކުވެސް 20 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ޖީ.އެމް.އާރުން ދީފައިވާތީއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާރޕޯޓަކީ ސިންގަޕޫރުގެ ޗަންގީ އެއާރޕޯޓެވެ. އެއާރޕޯޓު ހިންގާފަރާތަކުން އެތާނގެ ޑިއުޓީފްރީ ޝޮޕްތަކެއް ނުހިންގައެވެ. އެ އާރޕޯޓު ހިންގާފަރާތުގެ މުޅިއަމާޒަކީވެސް ހަލުވިމިނެއްގައި ރަނގަޅު ޚިދްމަތްތަކެއް ފޯރުކޮށް ދިނުމެވެ. ހުރިހާ އެއްޗެއް ބޮޑިކުރުމެއް ނޫނެވެ.

އަހަރަކު 60 މިލިޔަން ޑޮލަރަށް ވުރެން ބޮޑު ފައިދާވާ ކުންފުންޏަކާ ޙަވާލުވެ ޖީ.އެމް.އާރުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ނަގަމުން އަންނަ ފީތަކާއި ޗާޖްތައް އިންތިހާއަށް ބޮޑުކޮށްގެން އިތުރަށް ފައިސާ ހޯދޭނޭ ގޮތްތަކެއް އޮތްތޯ ބެލުމެވެ.

ނިމިގެންދާއިރު މާލޭގެ ބައިނަލްއަޤްވާމީ އެއާރޕޯޓު ވެގެންދާނީ ދިވެހިންނާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވާގިވެރިވެވޭ ވަޞީލަތަކަށް ވުރެން ބޮޑަށް ޖީ.އެމް.އާރުގެ ޖީބު ބަރުކުރާ ވަޞީލަތެކެވެ.

ބާރުގަދަ ނުފޫޒުތަކުގެ އަޅުވެތިކަމުގައި
އެމެރިކާގެ ޚަބަރެއް އިއްޔެ އަޅުގަނޑު ބީ.ބީ.ސީ އިން ކިޔާލީމެވެ. އެއީ، ކެލިފޯނިޔާގެ ޔުނިވެރސިޓީގެ 10 މުސްލިމު ދަރިވަރެއްގެ މައްޗަށް ކުށް ސާބިތުވި ވާހަކައެވެ. ފަހަރެއްގައި އެކުދިންގެ މައްޗަށް 6 މަސް ދުވަހުގެ ޖަލުގެ ޙުކުމެއް އައުމަކީ އެކަށީގެންވާ ކަމެއްގެ ވާހަކައެވެ. އެ ކުދިންގެ ކުށަކީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިޒްރޭލުން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެ ޔުނިވަރސިޓީގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް ތިޔަފަދަ ޤާތިލަކު މިފަދަ ޔުނިވަރސިޓީއަކުން ސްޕޯންސަރ ކުރީތީ ލަދުވެތިވާންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރުމެވެ.

ފަނޑިޔާރުގެ ނިންމެވުމަކީ ސަފީރުގެ ވާހަކަ އެހެންމީހުންނަށް އަޑުއިއްވުމާއި އެ ވާހަކަ އަޑުއެހުމުގެ ޙައްޤަށްވުރެން އެ ދަރިވަރުންނަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤަށް އިސްކަން ލިބިގެންނުވާ ކަމަށެވެ. ޤާނޫނީގޮތުން ބަލާއިރު މިއީ ރަނގަޅު އުޞޫލެކެވެ.

އެހެންނަމަވެސް ޚަބަރު ކިޔާލުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ އިޒްރޭލުގެ ސަފީރުގެ ބަދަލުގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވާހަކަފުޅު ދައްކަވަނިކޮށް މިފަދަ ޙާދިސާއެއް ހިންގިނަމަ ހަމަ އެ އުޞޫލުން ދަޢުވާކުރާނެ ބާވައެވެ؟ ނުވަތަ މިއީ، 400 ވަރަކަށް މިލިޔަން މީހުން ދިރިއުޅޭ އެމެރިކާގެ އެންމެ 5 ވަރަކަށް މިލިޔަން ޔަހޫދީންގެ ނުފޫޒު އޮތްމިންވަރު ދައްކުވައިދޭ މިސާލެއް ނޫންބާވައެވެ؟

2009 ވަނަ އަހަރު އެމެރިކާގެ ރައީސް އޮބާމާ މިސްރުގެ ވެރިރަށް ޤާހިރާގައި ދެއްވި އުފާވެރި ސްޕީޗް އަޅުގަނޑުވެސް އަޑުއެހީމެވެ. މިނިވަން ޤައުމަކަށް ފަލަސްތީނުގެ އަހުލުވެރިން އެދޭ އެދުމުގެ ވާހަކައާއި، ޔަހޫދީންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ތަޙައްމަލު ކުރަމުންދާ ވޭނާއި ނިކަމަތިކަމީ ޤަބޫލުކުރެވޭނެ ކަންކަން ނޫންކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަން ޤައުމަކަށް އެދޭއެދުމަށް އެމެރިކާއިން ފުރަގަސް ނުދޭނެކަމުގެ ޔަޤީކަންވެސް އެރުވިއެވެ.

އެހެންނަމަވެސް މީގެ ދެ ދުވަސްކުރިން އޮބާމާގެ ސަރުކާރުން އިޢުލާންކުރެއްވީ ފަލަސްތީނު މިނިވަން ޤައުމަކަށް ހެދުމަށް އދ. އެދޭ އެދުމަށް އެމެރިކާގެ ސަރުކާރުން ދެކޮޅު ހައްދަވާނެ ކަމަށެވެ! އޮބާމާއަށް މިގޮތަށް އިޢުލާންކުރައްވަން ޖެހިވަޑައިގަތީ 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޔަހޫދީންގެ ތާއީދު ކޮންމެހެން ބޭނުންވާނެތީއެވެ.

ރާއްޖެވެސް މިދަތުރުކުރަނީ އެ މިސްރާބަށެވެ. އަހަރަކު 60 މިލިޔަން ޑޮލަރަށް ވުރެން ބޮޑު ފައިދާއެއް ދައްކަމުން އައި އެއާރޕޯޓް ކުންފުނި އިންޑިޔާގެ ޖީ.އެމް.އާރު އަށް ދިނީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނާއި، މާލިއްޔާތުގެ ޤާނޫނާއިވެސް ޚިލާފަށެވެ. ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ގޮތަށެވެ. އެހެންނަމަވެސް އެވާހަކަ ދައްކަން ނުވަތަ އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެންގެ ޤައުމުގެ އިސްވެރިންނާއި ސިޔާސީ އިސްބޭބޭފުޅުން ވަނީ ޖެހިލުންވެފައެވެ. އަޅުގަނޑުމެންގެ ބިޔަ އަވަށްޓެރި އިންޑިޔާ ނުރުހުން ވެދާނެތީއެވެ. ނަތީޖާއަކަށް ވެގެންދަނީ އެއިރެއްގައި އޮންނަ ސަރުކާރަކާއި އަންނަން އޮންނަ ސަރުކާރަކުންވެސް އުޅެންޖެހޭނީ އަނެކާއަށް ވުރެން ބޮޑަށް އިންޑިޔާ ރުއްސޭތޯއެވެ. އިންޑިޔާ ރުއްސުންކަމަށް ވާނީ އިންޑިޔާގެ ކުންފުނިތައް ރުއްސުމެވެ. ފެށޭނީ ޖީ.އެމް.އާރު އާއި ޓާޓާ ފަދަ ބޮޑެތި ކުންފުނިތަކުންނެވެ. ނިމޭނީ ކަންމަތީގައި ހުންނަ ފިހާރަ ހިންގާ މީހާއާއީ އޭނާގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާއި ހިސާބުންނެވެ. އަނެކާއަށް ވުރެން ބޮޑަށް އިންޑިޔާ ރުއްސުމުގެ ކުޅިވަރުގައި އިންޑިޔާއާއި އިންޑިޔާގެ ސަރުކާރާއި، ކުންފުނިތަކާއި ފަރުދުންވެސް އޮޅިދާނެއެވެ.

ސްޕްރީއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ގެންގުޅެފައިވާ މިންގަނޑާއި މެދު ސުވާލުއުފެދޭ
މީގެ ކުރީގެ ލިޔުމުގައިވެސް ފާހަނގަ ކުރި ފަދައިން މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ ސްޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުންގެ ގޮތުގައި ކުރިމަތި ލެއްވި ބޭފުޅުންނަށް މާކްސް ދިނުމުގެ މައްސަލާގެ ނުކުތާއަށެވެ. އެއީ، ޝަރުޢިއްޔާ ކިޔަވާވިދާޅުވި ބޭފުޅުންނަށް އިތުރަށް މާކްސް ދިނުމުގެ މިންގަޑެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މާކްސް ދިނުމުގައި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ވުރެން 5 މާކްސް ކުއްލިއްޔާއިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ލިބުނެވެ. ސަބަބެއް ކަމަށްވަނީ ކުއްލިއްޔާއިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ޝަރުޢިއްޔާ އެނގިފައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ދަރިވަރުންނަށް ޝަރުޢިއްޔާ ނޭގޭތީއެވެ. ކޮމިޝަނުން މި ނިންމުމަށް ވާޞިލުވިގޮތް ކަމަށް ވަނީ ކުއްލިޔާއިން ދޭ ސަނަދުގައި “ޝަރުޢިއްޔާ” މި ލަފްޛު އޮވެފައި އިސްލާމިކް ޔުނިވަރސިޓީއިން ދޭ ސަނަދުގައި އެހެން ނެތުމުން އެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޝަރުޢިއްޔާ އެނގޭކަމާއި އެނގޭ މިންވަރު ސާފުނުވާތީއެވެ.

ސަނަދުގައި އޮންނަ ނަމަކުން މީހަކު ކިޔެވި އެއްޗެއް އަދި ނޭގިދާނެއެވެ. ކިޔެވި މާއްދާތަކުގެ ތަފްޞީލާއި ކޯސްއައުޓުލައިން ތަކުން  ކަމުގެ ޙަޤީޤަތަށް ސާފުވާ މިންވަރު ބޮޑުވާނެއެވެ. އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ދަރިވަރުންގެ ޓްރާންސްކްރިޕްޓަށް އެކަނި ބެއްލެވި ނަމަވެސް އެ ދަރިވަރުން ޝަރުޢީ މާއްދާތައް ކިޔެވި މިންވަރު ސާފުވާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ބެޗްލަރ އޮފް ލޯސް ކިޔާވާ ކޮންމެ ދަރިވަރަކު ޤާނޫނީ މުހިންމު ކޮންމެ މާއްދާއަކަށް ޝަރުޢީ މާއްދާއެއް ކިޔަވަންޖެހެއެވެ. މިސާލަކަށް ދުސްތޫރީ ޤާނޫނު ނުވަތަ ކޮންސްޓިޓިއުޝަނަލް ލޯ ކިޔަވާއިރު އިސްލާމީ ޝަރީޢާގައި ދުސްތޫރީ ނިޒާމާބެހޭ މާއްދާއެއް ކިޔަވަންޖެހޭނެއެވެ. ޤާނޫނީ ރޮނގުން ހަތަރު އަހަރުގެ ޑިގްރީ ފުރިހަމަކުރާ ދަރިވަރު ޤާނޫނީ ރޮނގުން ތަޚްޞީޞް ނުވަތަ ސްޕެޝަލައިޒުވާއިރު “މައިނާރ” ވަނީ ޝަރުޢިއްޔާއިންނެވެ. އެފަދަ ދަރިވަރަކު އިތުރު އެއް އަހަރު ޝަރުޢިއްޔާ ކިޔެވުމަށް ހޭދަކުރުމުން ޤާނޫނީރޮނގުން ލިބޭ ޑިގްރީގެ  އިތުރުން ޝަރުޢިއްޔާގެ ރޮނގުންވެސް ޑިގްރީއެއް ލިބެއެވެ. ހަމައެހެންމެ ޝަރުޢިއްޔާއިން ތަޚްޞީޞްވާ ކުއްޖަކު އިތުރު އެއް އަހަރު ޤާނޫނީ މާއްދާތައް ކިޔެވުމުން ޤާނޫނީ ރޮންގުންވެސް ޑިގްރީއެއް ލިބޭނެއެވެ.

އެހެންކަމުން ކިޔެވި މާއްދާތަކުގެ ތަފްޞީލު ބެލުމެއް ނެތި ހަމައެކަނި އެދޭ ޑިގްރީގެ ނަމަށް ބަލާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ދަރިވަރުންނަށް ވުރެން މަޢުހަދުން ކިޔަވާވިދާޅުވި ދަރިވަރުންނަށް ގިނައިން މާކްސް ދިނުމަކީ އިންޞާފުކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވާވިދާޅުވާ ބޭފުޅުންގެ ސަނަދު ވަޒަންކޮށް ދަރަޖަކުރަނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީއިންނެވެ.  އެ އޮތޯރިޓީއިން ވަޒަންކޮށްފައިވަނީ މަޢުހަދަށް ވުރެން އިސްލާމިކް ޔުނިވަރސިޓީގެ ސަނަދު އެއް ދަރަޖަ މަތިންނެވެ.

އަޅުގަނޑަކީ އިސްލާމިކް ޔުނިވަރސިޓީއިން ތަޢުލީމު ޙާޞިލުކުރި މީހަކީމެވެ. ފަނޑިޔާރެއްގެ ހައިސިއްޔަތުންނާއި، ދައުލަތުގެ ބަންޑާރަނާއިބުގެ ހައިސިއްޔަތުންނާއި، އަދި މިއަދު ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާއިރު ކުއްލިޔާއާއި އިސްލާމިކް ޔުނިވަރސިޓީއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި އެ ބޭބޭފުޅުންގެ ތަޢުލީމީ ޤާބިލުކަން އެންމެ ގާތުން ތަޖްރިބާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވެއެވެ. މީގެ އިތުރުން ކުއްލިޔާގައި ނިމިދިޔަ ޝަރީޢާ އެންޑް ލޯ ގެ ފަހު އަހަރުގެ ދަރިވަރުންނަށާއި މެޖިސްޓްރޭޓުންނަށް ހިންގާ ޑިޕްލޮމާ ކޯހުގައި ދުސްތޫރީ ޤާނޫނު ކިޔަވާދިނުމުގެ ފުރުޞަތު ލިބުމުންވެސް އެ ދަރިވަރުންނާއި ތަނުގެ ފެންވަރު ވަރަށް ގާތުން ތަޖްރިބާ ކުރުމުގެ ފުރުޞަތު ލިބުނެވެ.

އިސްލާމިކް ޔުނިވަރސިޓީ އާއި ކުއްލިޔާއާއި އަދި އެ ދެ މުއައްސަސާގެ ދަރިވަރުންނަކީ އަޅާކިޔޭވަރަށް ވުރެން ތަފާތު ބޮޑު މުއައްސަސާތަކާއި ދަރިވަރުންތަކެކެވެ. އިސްލާމިކް ޔުނިވަރސިޓީއަކީ ދުނިޔޭގެ ފެންވަރުގައި މަޤްބޫލުކަން ހޯދާފައިވާ ޔުނިވަރސިޓީއެކެވެ.  ކިޔަވާދޭނީ ތަޖްރިބާކާރު ޕްރޮފެސަރުންނާއި ލެކްޗަރާރުންނެވެ. ކޮންމެ އަހަރަކުމެ އެތަކެއް ފޮތްތަކާއި، ލޯ ރިވިއުތަކާއި ދިރާސާތައް ޝާއިޢުކުރާ ތަނެކެވެ. ވަޞީލަތްތައް މުއްސަނދި ތަނެކެވެ. ދިވެހިރާއްޖޭގެ ވަޞީލަތްތައް ހުރިގޮތުން ކުއްލިޔާ އަދި މިވަނީ މި ހުރިހާ ކަމެއްގައިވެސް ވަރަށް ފަހަތުގައެވެ.

ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ނަޒަރު ހިންގާލުމުން އިސްލާމިކް ޔުނިވަރސިޓީ ގެ ދަރިވަރުންގެ ފެންވަރު ވަރަށް ސާފުކޮށް އެބަފެނެއެވެ. އެންމެ ފަހުން ޢައްޔަންކުރެވުނު ދައުލަތުގެ 6 ބަންނޑާރަ ނާއިބުންގެ ތެރެއިން 3 ބަންޑާރަ ނާއިބުންނަކީ އެ ޔުނިވަރސިޓީގެ ދަރިވަރުންނެވެ. މިއަދު ދައުލަތުގެ ޕޮރޮސިކިއުޓަރު ޖެނަރަލް ގެ މަޤާމު ފުރުއްވަނީވެސް އެ ޔުނިވަރސިޓީގެ ދަރިވަރެކެވެ. ދިވެހިރާއްޖޭގައި މަޝްހޫރު ޤާނޫނީ ވަކީލުންގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީގެ ދަރިންވަރުންގެ ޢަދަދު މަދެއް ނޫނެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ބޯޑު އޮފް ގަވަރނަސް ގައި ދިވެހިރާއްޖެ ތަމްސީލުކުރިއިރު އަޅުގަނޑު ކުރަންޖެހުނު އެއް މަސައްކަތަކީ ކުއްލިޔާގެ ދަރިވަރުންނަށް އެ ޔުނިވަރސިޓީއިން ޖާގަލިބޭތޯ ބެލުމެވެ. ކުއްލިޔާގައި ކިޔަވާ ކުދިންނަށް ބައެއް މާއްދާއިންނަމަވެސް އެ ޔުނިވަރސިޓީއިން އިސްތިސްނާ ލިބޭތޯއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ޤާއިމުކުރި އެންމެ ވަރުގަދަ މުއައްސަސާއަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނެވެ. ތިން މަރުޙަލާގެ ތިން ކޯޓުގެ ތެރެއިން ކޮންމެ ކޯޓަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ބަންޑާރަނާއިބާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްވެސް ހިމެނިވަޑައިގަންނަވައެވެ. ފަނޑިޔާރުންނަށް އިންޞާފު ހޯދާދިނުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ މުއައްސަސާއަކީ މިއީއެވެ. އެއީ ފަނޑިޔާރުން ޢައްޔަން ކުރުމާއި، ވަކިކުރުން ފަދަ ކަންކަމުގައެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ކޮމިޝަނުގެ ނިންމުންތައް އިންޞާފާއި ހަމައިން އެއްކިބާވެފައިވާ ކަމަށް ބުނެ ޝަރުޢީ ކޯޓުތަކަށް މައްސަލަ ހުށަހަޅާ ކޮމިޝަނުގެ ނިންމުން ވަގުތީގޮތުން ހުއްޓުވުމަށް ކޯޓުން އަމުރު ނެރޭތަނެވެ. މީގެ ދުވަސްކޮޅެއް ކުރިން ހައިކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައިވެސް ކޮމިޝަންގެ ނިންމުން ޤަބޫލުނުކުރެވި އެއް ފަނޑިޔާރު އަނެއް ފަނޑިޔާރަށް މިނިކާވަގަށް ގޮވާހިސާބަށް ކަންތައް ދިޔައެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންނަށް ވުރެން ކުއްލިޔާގެ ދަރިވަރުންނަށް އިސްކަން ދިނުން އެއީ އެންމެ އިންޞާފުވެރިގޮތް ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވޭނެބާވައެވެ؟ ކޮމިޝަނުގެ މެންބަރެއްގެ ދަރިފުޅަކު ނުވަތަ ޢާއިލާގެ މެންބަރަކު އިސްލާމިކް ޔުނިވަރސިޓީން ކިޔަވާ ވިދާޅުވެގެން ހުންނަވަނިކޮށް ކުއްލިޔާއިން ކިޔަވާވިދާޅުވި ދަރިވަރަކަށް އިސްކަން ދެއްވި ނަމަ އެއީ އިންޞާފުކަމަށް އެ މެންބަރަކު ޤަބޫލުފުޅު ކުރައްވާނެތޯއެވެ؟

އިންޞާފަކީ ބޭރުފުށުންވެސް ޤާއިމު ކުރެވެންޖެހޭ އެއްޗެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ކޮމިޝަނުގެ ނިންމުންތައް އިންޞާފުން އެއްކިބާވެގެން އިންސާފު ހޯދުމަށް ކޯޓަށް ދާތަނެވެ. ނަތީޖާއަކަށް ވެގެންދަނީ އަޅުގަނޑުމެން އެންމެން އިންޞާފު ހޯދަންދާން އޮތް ފަނޑިޔާރުގެ އާއި މެދު އިތުބާރު ގެއްލޭގޮތް މެދުވެރިވުމެވެ.

ފަނޑިޔާރުންގެ ގޮތުގައި ތަމްރީނުކުރި ކުދިން އެކަހެރި ކުރުން
2003 ވަނަ އަހަރު ޙަސަން އިވާން ނަސީމުގެ މަރާއި އަދި މާފުށީގެ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށް ފަހު ޑިމޮކްރަސީއާއި އިޞްލާޙީ ބަދަލަށް ގޮވަމުން ދިޔަ ޒުވާނުންގެ އެންމެބޮޑު އެންއަމާޒަކަށްވީ ޝަރުޢީ ދާއިރާއެވެ. އެ ދާއިރާގެ ބުރަހެލިކަމާއި، ބަރުހެލިކަމާއި، އިތުބާރު ކުޑަކަމާއި ސަރުކާރުގެ ނުފޫޒު އޮތް މިންވަރެވެ.

11 ނޮވެމްބަރު 2003 ވަނަ އަހަރު ދައުލަތުގެ ބަންޑާރަނާއިބުގެ މަޤާމާއި އަޅުގަނޑު ޙަވާލުވީ ޖިނާއީ ކޯޓާއި ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސްޤާޞީގެ ވަޒީފާ އަދާކުރަމަށްފަހުގައެވެ. އެހެންކަމުން ޝަރުޢީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތަކަށް ހުރި ޙައްލުވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑަށް އެނގުނެވެ.

އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި ޝަރުޢީ ދާއިރާއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ތަޢުލީމީ ޤާބިލު މީހުންގެ މަދުކަމެވެ. އަމުދުން ބޭރުގެ ޤައުމުތަކުގެ ޢަމަލީ ތަޖްރިބާ ލިބިފައިވާ ބަޔަކު ނެތުމެވެ. މަދުމަދުން ނަމަވެސް ބޭރުން ތަޢުލީމު ޙާޞިލުކޮށްގެން ޝަރުޢީ ދާއިރާއާއި ގުޅެމުން ދިޔަ ބޭފުޅުންނަކީވެސް ބޭރުގެ އެއްވެސް ތަޖްރިބާ ލިބިފައިވާ ބަޔަކަށް ނުވުމެވެ. އެހެންކަމުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކޮށްގެން ޝަރުޢީ ދާއިރާއާ ބައިވެރި ވަމުންދިޔަ ބޭފުޅުންގެ އެންމެ ފުރަތަމަ ޢަމަލީ ތަޖުރިބާވެސް ލިބެންފެށީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެފަދަ ބޭބޭފުޅުން ޝަރުޢީ ދާއިރާއާއި އެ ދާއިރާގައި ހުރި ރަނގަޅު އާދަކާދައިގެ އިތުރުން ގޯސް އާދަކާދަވެސް އެއީ ގޯސްކަމެއްކަން ނޭގިނަމަވެސް ބަލައިގަންނަމުން އެއަށް ހޭނެމުން ދިއުމެވެ.

އެހެންކަމުން ޝަރުޢީދާއިރާއަށް ދިމާވެފައިވާ މުޅި މައްސަލައިގެ ޙައްލެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނީ އެއްފަހަރާ ގިނަ ޢަދަދެއްގެ ޒުވާން ކުދިންތަކަކަށް ޤާނޫނީ އަދި ޝަރުޢީ ދާއިރާއިން މަތީ ތަޢުލީމާއި ބޭރުގެ ކޯޓުތަކުގައި ޢަމަލީ ތަޖްރިބާ ފޯރުކޮށްދިނުމެވެ. އެހެންކަމުން 2 މޭއި 2005 ވަނަ އަހަރު 18 ޒުވާން ކުދިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއަށް މަތީތަޢުލީމު ޙާޞިލުކުރަން ފޮނުވުނެވެ. 9 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ. ބޭނުންވީ އެއިރު އަދި ޝަރުޢީ ދާއިރާގައި އަންހެން ފަނޑިޔާރު ބޭފުޅަކު ނެތްނަމަވެސް ޝަރުޢީ ދާއިރާގައި ޖިންސުގެ ތަފާތު ނިމުމަކަށް ގެނައުމެވެ.

މަޝްރޫޢު ކުރިއަށް ގެންދާންޖެހުނީ މާލީ އަހަރުގެ މެދުތެރެއިންނެވެ. އެހެންނަމަވެސް ކަމުގެ މުހިންމުކަމުން އާއަހަރުގެ  ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްވާންދެން އިންތިޒާރުނުކޮށް ކުރިއަށް ގެންދިއުމަށް ރައީސް މައުމޫނު ގެ ފެހި ސިގްނަލް ލިބިގެންނެވެ.

ޕްރޮގްރާމު ރޭވުނީ ޑިގްރީ ނިމުމުގެ ކުރިން އެކުދިންނަށް މެލޭޝިޔާ، ސިންގަޕޫރު އަދި އޮސްޓްރޭލިޔާ ނުވަތަ އިނގިރޭސިވިލާތުގެ ކޯޓުތަކުގެ ޢަމަލީ ތަޖްރިބާވެސް ފޯރުކޮށް ދިނުމެވެ. ޙާޞިލުކުރަން ބޭނުންވި މަޤްޞަދަކީ މިފަދަ ގިނަ ޢަދަދެއްގެ ބޭފުޅުން އެއްފަހަރާ ޝަރުޢީދާއިރާއި ގުޅުވައިގެން އެ ދާއިރާއަށް ރައްޔިތުން ގަބޫލުކުރާ ހެޔޮ ބަދަލެއް ގެނައުމަށެވެ.

މިއީ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ރާއްޖޭއިން ބޭރުގައި ފަނޑިޔާރުންގެ ގޮތުގައި ބަޔަކު ތަމްރީނުކުރަން ހިންގި އެންމެ ބޮޑު މަޝްރޫޢުއެވެ.

މީގެ ގާތްގަނޑަކަށް ދެއަހަރު ކުރިން އެކުދިން ކިޔަވާ ނިމިގެން ރާއްޖެ އެނބުރި އަތުވެއްޖެއެވެ. އެހެންމަވެސް އަންނަންޖެހުނީ އެކުދިންނަށް ފޯރުކޮށްދޭން ބޭނުންވި ތަމްރީނު ނުލިބިއެވެ. އަޅުގަނޑާއި އެއިރުގެ ޖަސްޓިސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ޑރ. ޖަމީލު 2007 ވަނަ އަހަރު ސަރުކާރުން އިސްތިއުފާ ދިނުމުން މަޝްރޫޢު ކުރިން ރޭވިގޮތަށް ސަރުކާރުން އެ ޕްރޮގްރާމު ކުރިއަކަށް ނުގެންދިޔައެވެ.

އެކުދިން ކިޔަވާ ނިމިގެން ރާއްޖެ އެނބުރި އައިއިރު އާ ޤާނޫނުއަސާސީގެ ހިޔާވަހިކަމުގައި ޝަރުޢީދާއިރާ މިވަނީ މުސްތަޤިއްލުވެފައެވެ. ފަނޑިޔާރުން ޢައްޔަންކޮށް ވަކިރުމުގެ ބާރު މިއޮތީ ޖުޑިޝަލް ސަރވިސް ކޮމިޝަނާއި ޙަވާލުކޮށްފައެވެ. އެ ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ޤާއިމުކުރި އެންމެ ވަރުގަދަ މިނިވަން މުސްތަޤިއްލު ކޮމިޝަނެވެ.

އެކުދިން ކިޔަވާ ނިމިގެން ރާއްޖެ އެނބުރި އައިއިރު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ އެއިރު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މުސްތަޝާރު އަދި މިހާރު ގެ ހޯމް މިނިސްޓަރު ޙަސަން ޢަފީފެވެ.  އެ ބޭފުޅާއަކީ 2004 އަހަރުން ފެށިގެން (ރައީސް ނަޝީދާއެކު) ޝަރުޢީދާއިރާ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ އެ ދާއިރާ ހަރުދަނާކުރުމަށް ގޮވާލެއްވި އެއްބޭފުޅެކެވެ. އެހެންނަމަވެސް އެ ބޭފުޅާގެ ރިޔާސަތުގައިވެސް ފަނޑިޔާރުންގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދަކޮށްގެން ކިޔަވައިދިން ކުދިންނަށް ފުރުޞަތު ނުލިބުނެވެ.

މިއަދު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންތެރޭގެ ބޭފުޅެކެވެ. އެ ކޮމިޝަނުގައި ގިނައީ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ބޭބޭފުޅުންނެވެ. އެހެންނަމަވެސް މި މަހު މާލޭގެ ސްޕީރިއަރ ކޯޓުތަކަށް ފަނިޑިޔާރުންގެ ގޮތުގައި ނަގާ ބޭފުޅުން ޝޯޓްލިސްޓު ކުރިއިރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ވުރެން 5 މާކްސް ރާއްޖޭގެ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ (އަޅުގަނޑުމެން ޢާންމުކޮށް ކިޔާ މަޢުހަދު) އިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ލިބުނެވެ.

އަނެއްކާވެސް ފަނޑިޔާރުންގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދަކޮށްގެން ކިޔަވާދިން ކުދިންނަށް ފުރުޞަތު ނުލިބިދަނީއެވެ.

ނޯޓް: ދެން އަޅުގަނޑު ލިޔާ މަޒުމޫނެއްގައި ގަސްދުކުރަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާވިދާޅުވި ބޭފުޅުންނަށް ވުރެން ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިން ކިޔަވާވިދާޅުވި ބޭފުޅުންނަށް މަތީ މާކްސް ދިން މައްސާލާގައި އަޅުގަނޑުގެ ޚިޔާލު ޙިއްޞާކުރާށެވެ.

ޚާދިމުން ވެރިންނަށްވެ ޙަޤީޤީ ވެރިން ނިކަމެތި ވެފައި
މިދިޔަ އަހަރުގެ މެދުތެރޭގައި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ޣައިރުޤާނޫނީ ގޮތުން ބަންދުކޮށް ވަޒީރުންގެ މަޖިލީސް އެއްކޮށް އިސްތިއުފާ ދެއްވާ ޤައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލުމުން ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން ޤައުމީ ޕާޓީގެ ދެ ނާއިބު ރައީސުން ކަމުގައިވާ ޑރ. ޖަމީލާއި މަތީނާއެކު އަޅުގަނޑު އިނގިރޭސިވިލާތަށް ދަތުރެއް ކުރީމެވެ. އެ ދަތުރުގައި  ލޭބަރ ޕާޓީއާއި ލިބްޑޭމްގެ އިސްބޭބޭފުޅުންގެ އިތުރަށް ޕާޓީތަކުގެ ވިޕުންނާއި ކޮމިޓީތަކުގެ އިސްބޭބޭފުޅުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބުނެވެ. އެގޮތުން ޕާލިމަންޓަށް ގޮސް އުޅުނުއިރު އެތާނގެ ޖާގައިގެ ދަތިކަމުގެ އިޙްސާސު ވަރަށް ބޮޑަށް ކުރެވުނެވެ. އަދި އަޅުގަނޑާއި ބައްދަލުކުރި ބައެއް ބޭބޭފުޅުންވެސް އެކަންތައް ފާހަނގަކުރެއްވިއެވެ. ޕާރލިމަންޓް ބޮޑުކުރެއްވުމުގެ ޚިޔާލުފުޅެއް އެ ބޭފުޅުން ނުގެންގުޅުއްވާތޯ ސުވާލުކުރުމުން ވިދާޅުވީ އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ. އެހެން ނަމަވެސް އިޤްތިޞާދީ ގޮތުން ދަތި ދުވަސްރެއްގައި އެކަހަލަ ކަމެއް ކިރިޔާ ހިތަށް އެރިއަސް ރައްޔިތުން ކެކި އަރައިގަންނާނެކަމަށެވެ.

މިއީ ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ މުއްސަނދި އަދި ކޮންމެ އަހަރަކު އެތަކެއް ބިލިޔަން ޑޮލަރުގެ އެހީ އަޅުގަނޑުމެން ކަހަލަ ފަޤީރު ޤައުމުތަކަށް ދޭ ޤައުމެއްގެ ވާހަކައެވެ.

އެއާއި ޚިލާފަށް ރޭގައި އަޅުގަނޑުމެނަށް މި އަޑުއިވުނީ ދައުލަތުގެ ބަޖެޓުން 111 މިލިޔަން ރުފިޔާ ހޭދަކޮށްގެން ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި 13 ބުރީގެ ޢިމާރާތެއް އަޅާވާހަކައެވެ. މި ޢިމާރާތުގައި މައިގަނޑު ހުންނާނީ އިދާރީ އޮފީސްތަކާއި ކޮމިޓީ ބާއްވާނެ ކޮޓަރިތަކެވެ. އަޅުގަނޑުމެންނަކީ ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށްވާއިރު އަޅުގަނޑުމެންގެ ޤާނޫނުހަދާ މަޖިލީހުގެ އިދާރީ އޮފީސްތަކާއި ކޮމިޓީ ބާއްވާނެ ތަންތަނަށް ހަމަ މިހާބޮޑު ޢިމާރާތެއް ބޭނުންވޭތޯއެވެ؟ ވަކިން ޚާއްޞަކޮށް މި ދަނޑިވަޅުގައެވެ.

އިޤްތިޞާދީ ގޮތުން ދުވަހުން ދުވަހަށް ޤައުމު މިދަނީ އިނދެޖެހެމުންނެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ނުދެވި ދެ އަހަރު ވަނީއެވެ. މިއަހަރުގެ ބަޖެޓުން މަސްވެރިންނަށް ދޭން ކަނޑައެޅި ސަބްސިޑީސް ނުދެވި އަހަރު ނިމިދަނީއެވެ. އަތޮޅުތަކުގެ ބައެއް ރަށްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި އުޖޫރައެއްގެ ގޮތުގައި ރައްޔިތުންނަށް ދޭންޖެހޭ ފަންސަވީސް ހާސް ރުފިޔާ މިއުޅެނީ ނުދެވިގެންނެވެ. އަޅުގަނޑުމެންގެ ލޮބުވެތި މަންމައިންނާއި ދައްތައިންނާއި ކޮއްކޮއިން ވިހަންދާންޖެހޭ އައި.ޖީ.އެމް.އެޗްގެ މާބަނޑު އަންހެނުން ބައިތިއްބާ ތަނުގައި އެއަރކޮންޑިޝަން ކުރެވޭނެހާ ފައިސާއެއް އަޅުގަނޑުމެން ގެ އަތަކު ނެތެވެ. މި ލިސްޓު ކިތަންމެހާ ވެސް ދިގެވެ.

ފައިސާ ނުހުންނަނީ ރައްޔިތުންނާއި ރައްޔިތުންގެ ކަންކަމުގައެވެ. ރައްޔިތުންގެ “ޚާދިމުން” ނަކަށް އެކަމުގެ އެއްވެސް ދައްޗެއް އިޙްޞާސްއެއް ނުކުރެވެއެވެ. 111 މިލިޔަން ރުފިޔާގެ ޢިމާރާތުގެ ވާހަކަ އަޑުއިވުނީ މެންބަރުން ގެ ކޮމިޓީ އެލަވަންސް ގެ ގޮތުގައި ވިހިހާސް ރުފިޔާ ހަމަސް ދުވަހަށް ވާވަރަށް ގަނޑުކޮށް ނަގަން ނިންމިތާ މަސްދުވަސް ވެސް ނުވަނީއްސެވެ. ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާއިރު މެންބަރުންނަށާއި އެ ބޭބޭފުޅުންގެ ޢާއިލާގެ މެންބަރުންނަށް މެލޭޝިޔާ، ސިންގަޕޫރު، ތައިލެންޑް ފަދަ ޤައުމުތަކުން ބޭސްފަރުވާ ކުރެވޭނޭ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. 2005 ވަނަ އަހަރު 7000 ރުފިޔާގެ މުސާރާގައި އުޅުއްވި މެންބަރުން މިއަދު މުސާރައިގެ ގޮތުގައި 62.500 ރުފިޔާއާއި ކޮމެޓީ އެލެވަންސްގެ ގޮތުގައި 20.000 ރުފިޔާ ޖުމްލަ 82،500 ރުފިޔާ ނަންގަވައެވެ. 2005 ވަނަ އަހަރު މަޖިލީސްކުރާ ގޭގެ ކާރީގައި ސައިކަލެއްވެސް ފެންނަނީ މަދުންނެވެ. މިއަދު މަޖިލީސް ވަށާ ފެންނަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ބްރޭންޑުތަކުގެ ކާރެވެ. އަޑުއިވެނީ އެ ބޭފުޅުންނަށް ޑިއުޓީ ނުދައްކާ ކާރު އެތެރެކުރެވޭ ވާހަކައެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓު ނޫނީ ކަމަކު ނުދެއެވެ. ރައްޔިތުން ކިތަންމެ ނުތަނަވަސް ވިއަސް މެންބަރުންގެ ސަލާމަތީ ކަންތައްތައް އެވަނީ އިންތިޒާމުވެފައެވެ. ބޮޑީގާޑުންވަނީ ހަމަޖެހިފައެވެ.

ޙަޤީޤަތަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެކެވެ. މެންބަރުންނަށާއި މަޖިލީހުގެ ޚަރަދަށް ކަނޑައަޅާ ބައި އަހަރުން އަހަރަށް ބޮޑުކުރަމުން ފާސްކުރާ ދައުލަތުގެ ބަޖެޓަކީ ބޭރުގެ ޤައުމުތަކުން ސަލާންޖަހާއިގެން ހޯދާ ފައިސާގެ ބައެއްވެސް ހިމެނޭ ބަޖެޓެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަކީ ނިސްބަތުން އެންމެ މަދު ރައްޔިތުން ތަމްސީލުކުރާ ބޭފުޅުންނެވެ. އެވަރެޖްކޮށް ހަތަރުހާސް ފައްސަތޭކަ ރަޢްޔިތުންނަށް މެންބަރަކެވެ. (އިނގިރޭސިވިލާތުގައި ކޮންމެ މެންބަރަކު ލައްކައަށްވުރެ ގިނަ ރައްޔިތުން ތަމްސީލުކުރާއިރު އެމެރިކާގައި މެންބަރަކަށް 7 ލައްކަ ރައްޔިތުން ތަމްސީލުކުރެވެއެވެ. އަދި ސިންގަޕޫރު ފަދަ ކުދިގައުމުތަކުގައިވެސް މެންބަރަކަށް ބައިލައްކައަށްވުރެ ގިނަ މީހުން ތަމްސީލުކުރެއެވެ.) އެހެންނަމަވެސް މިއަދު ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަކީ ނިސްބަތުން އެންމެ ބޮޑު މުސާރައާއި ޢިނާޔަތް ލިބިދޭ ބޭފުޅުންނެވެ.

ޤައުމުގެ ވެރިންނަކީ ރައްޔިތުންގެ ޚާދިމުންނޭ ބުނާ ބަސް މިވަނީ އިދިކޮޅަށް ޖެހިފައެވެ. މިއަދު ރައްޔިތުން މިވަނީ ވެރިންގެ ޚާދިމުންނަށް ވެފައެވެ. ބޭރަށް ފުރާއިރު ނަގާ އެއަރޕޯޓް ޓެކްހާއި، އަޅުގަނޑުމެން އަތުން ނަގާ އިމްޕޯޓު ޑިއުޓީއާއި، ސްޓޭމްޕް ފައިސާއާއި، އަޅުގަނޑުމެންގެ އަމިއްލަ ގޯތ ވިއްކާއިރު ނަގާ ފަނަރަ ޕަސެންޓާއި، އަންނަމަހުން ފެށިގެން ގަންނަ ކޮންމެ އެއްޗަކުން ޖީ.އެސް.ޓީ ގެ ނަމުގައި ނަގާ ޓެކުހާއި މިފަދަ ހުރިހާ ޓެކުހަކުން ލިބޭ ފައިސާއެއްގެ ބޮޑުބައެއް މިދަނީ ވެރިންގެ މުސާރައާއި، ޢިނާޔަތާއި، ހައިބަތާއި، ޤަދަރާއި، ކަރާމާތް ނަގަހައްޓާ ދަމަހައްޓާށެވެ.

މާލީ ބަޔާން ޢާންމުނަށް ހާމަކުރުމަކީ ދުސްތޫރީ ޒިންމާއެއް
2008 ވަނަ އަހަރު ރަޢްޔިތުންގެ މިންނެތް މަސައްކަތުން ލިބިގަތް ޤާނޫނު އަސާސީގެ ދަށުން ސަރުކާރާއި، ރަޢްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ގެ މާލީ ބަޔާން ކޮންމެ އަހަރަކު ހާމަކުރަންޖެހެއެވެ.

ދިވެހިރާއްޖޭގައި އަލަށް ތަޢާރަފު ކުރެވުނު މި ދުސްތޫރީ ޒިންމާގެ ބޭނުމަކީ ދަބަރުޖެހި ބައިސަލެއްގައި މަޤާމާއި ޙަވާލުވާ މީހަކު ދުވަސްކޮޅެއް ފަހުން މަޤާމުން ވަކިވާއިރު މަޤާމުގެ ނުފޫޛު ބޭނުންކޮށްގެން އެންމެ ޒަމާނީ އުޅަނދުފަހަރާއި، އަގުބޮޑު ގޯއްޗާއި، ބޮޑެތި ޢިމާރާތްތަކާއި، ރިސޯޓުތަކުގެ ވެރިންނަށް ވިޔަނުދިނުމެވެ. މި ބާވަތުގެ ކޮރަޕްޝަން ގެ ޢަމަލުތައް އިތުރަށް ހުއްޓުވުމުގެ ގޮތުން މިނިވަން މުސްތަޤިއްލު އެންޓީ ކޮރަޕްޝަން ކޮމިޝަނަކާއި، އޮޑިޓަރ ޖަނަރަލްއަކާއި، ޕްރޮސިކިއުޓަރ ޖަނަރަލެއްވެސް ޤާނޫނުއަސާސީ އިން ވުޖޫދަށް ގެނެސް ދިނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް މަޢުލޫމާތު ހޯދާ ލިބިގަތުން އަސާސީ ޙައްޤެއްގެ ގޮތުގައި 2008 ގެ ޤާނޫނުއަސާސީއިން ކަނޑައަޅައިދިނެވެ.

އެހެން ނަމަވެސް ޤާނޫނުއަސާސީ ގައި ކަޅާއި ހުދުން ލިޔެވިފައިވާ އެއްޗެއް އޮތީއެވެ. ރަޢްޔިތުންނަށް ކުރި ފައިދާއެއް ނެތެވެ. ފެނުނު މާލީ ބަޔާނެއްވެސް ނެތެވެ. ބައެއް މުއައްސަސާތަކުގެ ވެރިން މާލީބަޔާން ތައްޔާރުކޮށް ހުށަހަޅާ އަމިއްލައަށް ބަލާއިގަނެ ހުރިހާ ކަމެއް އަމިއްލަ އަމިއްލައަށް ނިންމާލައްވައިފިއެވެ. މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅިނަމަ އެއެއްޗެއް ވަނީ މަޖިލީހުގެ އަމީނުލް ޢާންމުގެ ވަތްގަނޑުގައި ސިއްރުކުރެވިފައެވެ. ފަނޑިޔާރުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅީ ކޮންބައެއްކަން، އެ ބަޔާނުގައި ހުރީ ކޯއްޗެއްކަންވެސް އެނގުނިއްޔާ އެނގޭނީ ހަމައެކަނި ޖުޑިޝަލް ސަރވިސް ކޮމިޝަނަށެވެ. ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އިސްވެރިއަކުވެސް ވަނީ އޮޑިޓަރ ޖަނަރަލްގެ ބޮލަށް ކަނޑާލާ މާލީ ބަޔާން ޢާންމުކުރުމަށް އިންކާރުކުރައްވާފައެވެ.

ޤާނޫނުއަސާސީއިން މާލީ ބަޔާން ހާމަކުރަން ލާޒިމުކުރީއަކީ އަމީނުލް ޢާންމުގެ ވަތްގަނޑުގައި ނުވަތަ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ތިޖޫރީގައި ނުވަތަ އޮޑިޓަރ ޖަނަރަލްގެ އޮފީހުގައި ސިއްރުކޮށް ރައްކާކުރާ ކަށެއް ނޫނެވެ. އެ ބަޔާންތަކަކީ ރަޢްޔިތުންނަށް ހާމަކުރަންޖެހޭ ބަޔާންތަކެވެ. ރަޢްޔިތުންގެ ފައިސާއިން މުސާރަ ނަގާ ބަޔަކު އެ ބައެއްގެ މަޤާމުގެ ނާޖާއިޒު ފައިދާ ނެގިތޯ ނުވަތަ ނުނަގާތޯ ބެލުމުގެ ގޮތުންނެވެ. ބައިސަކަލެއްގައި އުޅުނު މީހަކު ކުއްލިއަކަށް ބީ.އެމް.ޑަބްލިޔު ގެ ކާރެއް ހޯދިނަމަ އެ ހޯދިގޮތް ބެލުމުގެ ގޮތުންނެވެ. ދިހަ ބުރީގެ ޢިމާރާތެއް ކުރާގޮތާއި 9 މިލިޔަން ރުފިޔާގެ ގޯތްޗެއް ހޯދިނަމަ އެ ހޯދި ގޮތްވެސް ހޯދުމުގެ ގޮތުންނެވެ.

އެހެންނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ މާލީ ބަޔާނާއި ގުޅިގެން ޤާނޫނުއަސާސީއިން ޙާޞިލުކުރަން ބޭނުންވި އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުވިއެވެ. އެ މަޤްޞަދު ޙާޞިލުކުރުމުގެ ގޮތުން އަދި އެ ޙައްޤު ހޯދުމުގެ ގޮތުން ޝަކުވާކުރަން އޮތް ފަރާތަކީ އަދި އެ ޝަކުވާއަށް ޤާނޫނީ ފަރުވާ ހޯދާދެވެން އޮތް ފަރާތަކީ ރަޢްޔިތުންގެ މަޖިލީހެވެ. ނަމަވެސް އެބޭފުޅުންގެ މާލީ ބަޔާން އެވަނީ ޢާންމުންނަށް ސިއްރުކުރެވިފައެވެ. ރަޢްޔިތުން ދެން ޝަކުވާކުރަން އޮތް ފަރާތަކީ ސަރުކާރާއި މުސްތަޤިއްލު މުއައްސަސާތަކެވެ. އެ ފަރާތްތަކުގެ މާލީބަޔާންވެސް އެވަނީ ސިއްރުކުރެވިފައެވެ. މާލީ ބަޔާނަކީ ޢާންމުކުރަންޖެހޭ އެއްޗެއްތޯ ނުވަތަ އެ ބަޔާން ބާއްވަންޖެހޭނީ ތިޖޫރީއެއްގައި ސިއްރުކުރެވިފައިތޯ ނިޔާ ކަނޑައަޅަންއޮތް ފަރާތަކީ ފަނޑިޔާރުގެ ކަމަށްވީއިރު ފަނޑިޔާރުންގެ މާލީ ބަޔާންވެސް އެވަނީ ސިއްރުކުރެވިފައެވެ.

އެހެންކަމުން ދިވެހިންގެ މިންނެތް މަސައްކަތުން ހޯދި ޤާނޫނު އަސާސީގެ ރޫޙާއި، މަޤްޞަދާއި މާނަ މިއަދު ގެއްލިގެން މިދަނީ އެ ޤާނޫނުއަސާސީ އާއި ރަޢްޔިތުންގެ ޙައްޤު ޙިމާޔަތް ކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވާއިގެން ތިއްބެވި ބޭބޭފުޅުންގެ ޢަމަލުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގައި އިންސާނީ އަސާސީ ޙައްޤު ހޯދާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ސަންދާނު އަޙައްމާއިދީގެ އިސް ނެންގެވުމުގެ ދަށުން ކުރިއަށް ގެންދަވާ “ސަމައިދާން” މެދުވެރިކޮށް މިއަދު ރަޢްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ސަރުކާރުގެ އިސްވެރިންނަށާއި، ފަނޑިޔާރުންނަށާއި، އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނަށް އަޅުގަނޑު ގޮވާލަނީ ތިޔަބޭބޭފުޅުން މަޤާމުތަކާއި ޙަވާލުވެ ވަޑާއިގެންނެވިއިރު ތިޔަބޭބޭފުޅުންނާއި ތިޔަބޭބޭފުޅުންގެ ޢާއިލާގެ މެންބަރުންގެ މާލީ ޙާލަތާއި ވޭތުވެދިޔަ ދުވަސްތަކުގައި އެ ޙާލަތަށް އައި ބަދަލު، އެއްވެސް ކަހަލަ ފޮރުވުމެއް ނެތި، ރަޢްޔިންނަށް ހާމަކުރުމަށެވެ. މިއީ، ދިވެހި ރަޢްޔިތުންނަށް ތިޔަބޭބޭފުޅުން، އަދާކުރަންޖެހޭ ދުސްތޫރީ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމުގައި ވަކި ފަރާތަކަށް އިނގިލި ދިއްނުކުރައްވާށެވެ. ޤާނޫނުގެ ޓެކްނިކަލް މާނަ ނުނަންގަވާށެވެ.

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ މިންވަރު މިވަނީ 28 ގުނަ އިތުރުވެފައެވެ. ރަޢްޔިތުންގެ މަޖިލީހުގެ ތަޅަމުގައި އާއި، ޓީވީ ރޭޑިޔޯ ތަކުގައި އާއި ނޫސްމަޖައްލާ ތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށްގޮވާ ރިޝްވަތުގެ އިލްޒާމު އަޅުވަނީއެވެ. މިޙާލަތުގައި ތިޔަބޭބޭފުޅުންގެ މާލީ ބަޔާން ހާމަކުރުން ވެގެންދާނީ ރިޝްވަތާއި ފަސާދައާއި ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ. ތިޔަބޭފުޅުންގެ މާލީ ބަޔާން ޢާންމު ނުކުރުން ވެގެންދާނީ އެފަދަ  ރިޝްވަތާއި ފަސާދައާއި ދެކޮޅަށް ކުރާ އަދި ކުރަންޖޭ މަސައްކަތަށް ހީނަރުކަން ލިބިގެންދާނެ ކަމެކެވެ.